Saturday, May 11, 2013


ބްލޮގް ޓާސްކް1 (ށ).6
ހުރިހާ ދަރިވަރުންނަށް ކިޔަވައިދިނުން
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދެނެހުރެ އުނގެނުމާއި އުނގަންނައިދިނުން ކުރިޔަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ދަރިވަރުންގެ ފަރުދީ ތަފާތުތަކާއި މާލީ ޙާލަތު ފަދަ ކަންތައްތަކާއި ލާރނިން އެބިލިޓީސް ތަފާތު ވާނެކަން ދަންނަ ބަޔަކަށް މުދައްރިސުން ވާން ޖެހެއެވެ. އެގޮތުން ހުރިހާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ކާމިޔާބު މުދައްރިސަކަށް ވުމަށް ޓަކައި ސާފުކޮށް ވާހަކަދެއްކުމާއި، ރަޙުމަތްތެރި، އެހެން މީހުންނަށް އަޅާލެވޭ ގޮތެއް ހުރި އަދި ކިޔަވައިދޭ ފިލާވަޅަކާ ގުޅުންހުރި މަޢުލޫމާތުތައް ލިބިހުރި މީހަކަށް ވާންޖެހެއެވެ. އެގޮތުން އެ މާއްދާއެއް ކިޔަވައިދޭއިރު ހުންނަން ޖެހޭ ޚާއްސަ މަޢުލޫމާތުތައް ހުންނަން ޖެހޭނެއެވެ. އެގޮތުން ބައެއް ކުދިންނަށް ކިޔަވައިދޭން ބޭނުންކުރާ ތަފާތު އުކުޅުތައް، އަދި ތަފާތު ކޮންސެޕްޓްތައް އެނގެން ޖެހޭނެއެވެ. އަދި ދަރިވަރުންގެ ޚާއްސަ ސިފަތައް އެނގި އެކުދިންގެ ކިޔަވާ މާޙައުލު ދެނެގަނެ ކިޔަވައިދިނުމަށްޓަކައި އެކަށީގެންވާ ލަނޑުދަނޑިއެއްގެ މައްޗަށް ބިނާކޮށް، ޕްލޭނެއް ކޮށްގެން ކިޔަވައިދިނުން ކުރިޔަށް ގެންދާނަމަ މުދައްރިސްގެ މަގުޞަދު ޙާޞިލްވުމުގައި ފަސޭހަވެގެން ދާނެއެވެ. މިހެން ކަންތައް ކޮށްފިނަމަ ކުލާހުގައި ތިބޭ ހުރިހާ ދަރިވަރުންނަކީވެސް އުނގެނުމަށް މަސައްކަތް ކުރާ ދަރިވަރުންތަކެއް ކަމުގައި ވެގެން ދާނެއެވެ. އޭރުން ހުރިހާ ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ފޮނިމީރުކަން ލިބިގެންދާނެއެވެ.

No comments:

Post a Comment