Saturday, May 11, 2013


ބްލޮގް ޓާސްކް1 (ށ).10
އެސެސްމަންޓް
 އެސެސްމަންޓަކީ ދަރިވަރުން އުނގެނޭ އެއްޗެއް ދަރިވަރުންނަށް އެނގިފައިވަނީ ކިހާވަރަކަށްތޯ ބެލުމުގެ ގޮތުން ދެވޭ އެއްޗެކެވެ.  ކުރީގައި ކޮލެޖުތަކުގެ ޓެސްޓުތައް ނެގެމުންގޮސްފައިވަނީ އިންޓަވިއު ކޮށްގެންނާއި މަޒުމޫނާއި ގުރޭޑުދިނުންފަދަ ގޮތްތައް ބޭނުންކޮށްގެންނެވެ. ނަމަވެސް މިހާރުދެވޭ ޕަބުލިކް (ސްޓެންޑައިޒް ޓެސްޓު) ޓެސްޓުތަކަކީ ވަކި ސްޓޭންޑަޑަކަށް ނުވަތަ ގްރޭޑުދީގެން ނެގޭ ވަކި އުސޫލުތަކެއްގެ މަތިން ނެގޭ ޓެސްޓުތަކެކެވެ. މީގެ އިތުރުން ކުލާސްރޫމް އެސެސްމަންޓަކީ ޓީޗަރު ވަކިގޮތަކަށްދޭ ޓެސްޓުތަކެކެވެ. މިގޮތަށް ދަރިވަރުންނަށް ޓެސްޓް ދިނުމުން ދަރިވަރުންނަށާއި ބެލެނިވެރިންނަށްވެސް އެކަމުގެ ފަސޭހަތައް ވެގެން ދެއެވެ. އަދި ފިލާވަޅުގެ ތެރެއިން ދަރިވަރަށް އެނގިފައިވަނީ ކިހާ މިންވަރަކަށްކަންވެސް ހާމަވެއެވެ. އަދި ފިލާވަޅުގެ ތެރެއިން ދަރިވަރުން އިތުރަށް ސަމާލުކަން ދޭން ޖެހެނީ ކޮންކޮން ބައިތަކަކުންކަންވެސް ދެނެގަތުމުގައި ފަސޭހަވެގެންދެއެވެ. އެގޮތުން ކުދީން އެސެސްކުރުމުގެ ބޭނުންތަކުގެ ތެރޭގައި ކުދީންގެ ފެންވަރުބެލުމާއި ކުދީންނަށް ކަމުދަނީ ކޮންކަހަލަ ޓީޗިންގއެއްތޯ ބެލުން ހިމެނެއެވެ. އެގޮތުން މެޝަމަންޓަކީ ކްއަންޓިޓޭޓިވް އުސޫލުން ނަންބަރު ބޭނުންކޮށްގެން މިންވަރު ބެލުމެވެ. މެޝަމަންޓު ބޭނުންކޮށްގެން ކުއްޖާގެ ކުރިއެރުމާއި އެއްކުއްޖަކު އަނެއްކުއްޖަކާ ހުރި ތަފާތު ބެލިދާނެއެވެ.  މިގޮތަށް ކުރެވޭ މަސައްކަތަށް މިހާރު އެސެސްމަންޓޭ ކިޔައެވެ. އެހެންކަމުން އެސެސަސްމަންޓަކީ މެޝަކުރުމާއި ޓެސްޓުކުރުމަށްވުރެ ފުޅާކޮށް ބޭނުންކުރެވޭ ލަފުޒެއް. ދަރިވަރުންގެ ފެންވަރު ބެލުމުގެ ގޮތުން ކިޔަވައިދޭ އިރު ނުވަތަ ކިޔަވަދިނުމުގެ ކުރިން އެނގޭ މިންވަރު ބެލުމަކީވެސް އެސެސްމަންޓްގެ ވައްތަރެކެވެ. އަދި ކިޔަވައި ދިނުމަށްފަހު (ޓާރމެއް، އަހަރެއް) ނިމޭ އިރުގައިވެސް ދަރިވަރުން އެސެސް ކުރެވެއެވެ. މީގެއިތުރުން އެސެސްމަންޓްގެ ސަބަބުން ދަރިވަރުންނަށާއި ޓީޗަރުންނަށް ކުރިއަށް އޮތްތާނގައި ކަންކުރާނެގޮތުގެ މަޢުލޫމާތު ލިބޭތީ ކުލާހުގައި ދޭން ރަނގަޅީ ފޯމެޓިވް އެސެސްމަންޓެވެ. ދަރިވަރުންގެ ފެންވަރު އެހެންކުދިންގެ ފެންވަރާ އަޅާކިޔުމުގެ ގޮތުން ކުއްޖާގެ މާކްސް އެހެން ކުދީންގެ މާކުހާ އަޅާކިޔިދާނެއެވެ. ނުވަތަ  ކުދީންގެ އެވްރެޖް މާކުހާއި ކުއްޖާގެ މާކުހާ އަޅައިކިޔައިގެންވެސް ފެންވަރު ބެލިދާނެއެވެ. މިގޮތަށް ބެލުމުން ކުދީންގެ ޙަޤީޤީ ފެންވަރެއް ނޭނގި ހިނގައިދާނެއެވެ. އެހެންކަމުން ދަރިވަރުންގެ ފެންވަރު ބެލުމުގެ ގޮތުން އެސެސްކުރުމަކީ އެކި ގޮތްގޮތުން ކިޔަވާކުދިންނަށް ފައިދާ ކުރާނެ ކަމެއްކަން ކަށަވަރެވެ.

ބްލޮގް ޓާސްކް1 (ށ).9
އުނގެނުމާއި އުގަންނައިދިނުން އަދި ތަޢުލީމު
އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދައުރަކީ ކްލާސްރޫމުގެ ހަރަކާތްތަކާއި މަދަރުސާގެ މާހައުލު ބޭނުންކުރުން ނުވަތަ ދިރާސާކުރުމެވެ. މިގޮތަށް ދިރާސާތައް ކޮށްގެން ދަރިވަރުންގެ އެކިއެކި ޙަރަކާތްތައް ދެނެގަނެ އުނގެނުމަށް މަގުފަހިކޮށްދެއެވެ. އެގޮތުން އެޑިޔުކޭޝަނަލް ސައިކޮލޮޖީއަކީ ޚާއްޞަ ސިފަތަކެއް ލިބިފައިވާ، އެޢިލްމުގެ ނަޒަރިއްޔާތަކާއި ދިރާސާކުރާގޮތްތަކާއި، މައްސަލަތަކާއި، މައްސަލަތައް ދެނެގަނެ ހައްލުކުރާނެ ގޮތްތައް ކަނޑައެޅިފައިވާ ޢިލްމެވެ. ކިޔަވައިދިނުމުގައި ހިމެނޭ ތިޔަރީގެ ބައިތަކުން ފަސޭހައިން މޮނިޓަރ ކުރެވޭ ބަޔަކީ ދަރިވަރުގެ ސްލޫކެވެ. ސްލޫކީ މައްސަލައެއް ދިމާވުމުގެ ކުރިންނާއި ފަހުން ދެކަމެއް ދިމާވެއެވެ. އެއީ މައްސަލަ ދިމާވާން މެދުވެރިވި ސަބަބާއި، މައްސަލައިގެ ސަބަބުން ކުރިމަތިލާންޖެހޭ ނަތީޖާއެވެ. މިގުޅުން ދިރާސާކުރާއިރު ސަމާލުވާން ޖެހެނީ ކުރިމަތިލާ ނަތީޖާއަށެވެ. އެއީ އެފަދަ ކަމެއް ތަކުރާރުވުން އޮންނަނީ އެޅޭ ފިޅަވަޅުގެ މައްޗަށެވެ. މިތިޔަރީގައި ވިސްނުން ތަރައްގީވަމުން އަންނަގޮތް ދިރާސާކުރާއިރު ދަރިވަރުންގެ ސަމާލުކަން އަންނަގޮތާއި ކަމެއް ހަނދާނުގައި ބަހައްޓާގޮތް އެނގޭ އެއްޗެއްގެ ބޭނުންހިފާގޮތް، އަދި ހަނދާން ނެތޭގޮތުގެ މައްޗަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. އެހެންކަމުން މިކަންކަމަކީ ދަރިވަރުންގެ ކިޔެވުމުގައި އެޕްލައި ކުރެވިދާނެ ކަންކަމެވެ. އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުން ހިފިދާނެ ގޮތްތަކެކެވެ.

ބްލޮގް ޓާސްކް1 (ށ).8
އުނގެނުމުގެ ސްޓައިލްތައް
އުނގެނުމުގެ ސްޓައިލް އުފަންވެފައިވަނީ ދަރިވަރުންނަށް ލިބިފައިވާ ޤާބިލިއްޔަތުކަން ނުވަތަ އެކުދިންނަށް ލިބިފައިވާ ކުޅަދާނަކަން ބޭނުންކުރަމުން ގެންދަނ ކިހިނެއްކަން ދެނެގަތުމަށްޓަކައި ސައިކޮލޮޖިސްޓުން ދިރާސާތައް ކުރަމުން ގެންދަނިކޮށެވެ. އުނގެނުމުގެ ސްޓައިލްއޭ ބުނުމުން ދޭހަވަނީ މަޢުލޫމާތު ދެނެގަނެ، އެއާމެދުގައި ވިސްނާ،އެމަޢުލޫމާތުތައް ދެނެގަތުމުގައި ގެންގުޅޭ ވަކި ސާބިތު ގޮތެކަށެވެ.
އެކި ދަރިވަރުންގެ އުނގެނުމުގެ ސްޓައިލް ތަފާތުވާނެއެވެ. ބައެއް ދަރިވަރުންނަކީ އަޑުއަހައިގެން ދަސްކުރާ ކުދިންނެވެ. އަނެއްބައި ދަރިވަރުންނަކީ ބަލައިގެން ދަސްކުރާ ދަރިވަރުންނެވެ. އަނެއްބައިދަރިވަރުންނަކީ ކިޔައިގެން ދަސްކުރާ ދަރިވަރުންނެވެ. މިހެންގޮސް އެކިއެކި ދަރިވަރުންގެ އުނގެނުމުގެ ސްޓައިލް ތަފާތުވާނެއެވެ. ނަމަވެސް މުދައްރިސަކު ކުލާހަށް އައިސް ކިޔަވައިދޭއިރު މިހުރިހާ ދަރިވަރުންނަށް ސަމާލުކަން ދީގެން ކިޔަވައި ދިނުން މުހިންމެވެ. 

ބްލޮގް ޓާސްކް1 (ށ).7
ދަރިވަރުންގެ ތަފާތުތަކާއެކު އެކުދިންނާއެކު މުޢާމަލާތުކޮށްގެންގުޅުން
ދަރިވަރުންގެ މެދުގައި އެކިވަރަށް ޤާބިލުކަން ހުރުމަކީ އެއީ ތަބީޢީ ކަމެއްކަން އެނގެނީ ކުލާސްރޫމެއްގައި ތިބޭކުދިންނަށް ވިސްނާލުމުންނެވެ. އެކުދިންގެ ތެރޭގައި ސިއްޙީ އެކި އެކި މައްސަލަތައް ހުންނަ ކުދިންނާއި، ވާހަކަދެއްކުމުގައްޔާއި އަޑުއެހުމުގައްޔާއި ފެނުން ފަދަ މުހިއްމު ކަންތައްތަކުން މަޙުރޫމްވެފައިވާ ދަރިވަރުންވެސް ހިމެނެއެވެ. އަދި ވާހަކަދެއްކުމަށް ކުޅަދާނަ ދަރިވަރުންނާއި ލިޔުންތެރިކަމަށް ކުޅަދާނަ ދަރިވަރުންވެސް ކުލާސްރމްތަކުގައި ތިބޭނެއެވެ. މިފަދަ ހުރިހާ ފަރާތްތަކެއްގެ ހުރި ތަފާތު ތަކާއެކުވެސް އެކުދިންނާއެކު މުޢާމަލާތްކޮށް ގެންގުޅެން ޖެހެއެވެ. އަދި ކުލާސްރޫމުގެ އެރޭންޖްމަންޓް ހަދާއިރު ތަފާތު ދަރިވަރުންގެ ޤާބިލުކަން ދެނެގަނެވޭގޮތަށް ޢަމަލުކުރަން ޖެހެއެވެ. އެގޮތުން ދަރިވަރުން ގުރޫޕުކޮށްގެންނާއި ޤާބިލިއްޔަތަށްބަލައިގެންނާއި، ޢުމުރަށް ބަލައިގެން ގުރޫޕުކުރެވިދާނެއެވެ. މިހެން ގުރޫޕު ކުރާއިރު އުނގެނުމުގެ ޤާބިލުކަމަށް ބަލައި އެއްވަރެއްގެ ކުދިން އެކިއެކި ގުރޫޕުތަކަށް ބަހާލެވިދާނެއެވެ. މިފަދަ ގޮތަކަށް ބަލައިގެން ކިޔަވައިދިނުމުގައި ދަރިވަރުންގެ ތަފާތާއެކު އެކުދިންނާއެކު މުޢާމަލާތްކޮށް ގެންގުޅެވިދާނެއެވެ.

ބްލޮގް ޓާސްކް1 (ށ).6
ހުރިހާ ދަރިވަރުންނަށް ކިޔަވައިދިނުން
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދެނެހުރެ އުނގެނުމާއި އުނގަންނައިދިނުން ކުރިޔަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ދަރިވަރުންގެ ފަރުދީ ތަފާތުތަކާއި މާލީ ޙާލަތު ފަދަ ކަންތައްތަކާއި ލާރނިން އެބިލިޓީސް ތަފާތު ވާނެކަން ދަންނަ ބަޔަކަށް މުދައްރިސުން ވާން ޖެހެއެވެ. އެގޮތުން ހުރިހާ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ކާމިޔާބު މުދައްރިސަކަށް ވުމަށް ޓަކައި ސާފުކޮށް ވާހަކަދެއްކުމާއި، ރަޙުމަތްތެރި، އެހެން މީހުންނަށް އަޅާލެވޭ ގޮތެއް ހުރި އަދި ކިޔަވައިދޭ ފިލާވަޅަކާ ގުޅުންހުރި މަޢުލޫމާތުތައް ލިބިހުރި މީހަކަށް ވާންޖެހެއެވެ. އެގޮތުން އެ މާއްދާއެއް ކިޔަވައިދޭއިރު ހުންނަން ޖެހޭ ޚާއްސަ މަޢުލޫމާތުތައް ހުންނަން ޖެހޭނެއެވެ. އެގޮތުން ބައެއް ކުދިންނަށް ކިޔަވައިދޭން ބޭނުންކުރާ ތަފާތު އުކުޅުތައް، އަދި ތަފާތު ކޮންސެޕްޓްތައް އެނގެން ޖެހޭނެއެވެ. އަދި ދަރިވަރުންގެ ޚާއްސަ ސިފަތައް އެނގި އެކުދިންގެ ކިޔަވާ މާޙައުލު ދެނެގަނެ ކިޔަވައިދިނުމަށްޓަކައި އެކަށީގެންވާ ލަނޑުދަނޑިއެއްގެ މައްޗަށް ބިނާކޮށް، ޕްލޭނެއް ކޮށްގެން ކިޔަވައިދިނުން ކުރިޔަށް ގެންދާނަމަ މުދައްރިސްގެ މަގުޞަދު ޙާޞިލްވުމުގައި ފަސޭހަވެގެން ދާނެއެވެ. މިހެން ކަންތައް ކޮށްފިނަމަ ކުލާހުގައި ތިބޭ ހުރިހާ ދަރިވަރުންނަކީވެސް އުނގެނުމަށް މަސައްކަތް ކުރާ ދަރިވަރުންތަކެއް ކަމުގައި ވެގެން ދާނެއެވެ. އޭރުން ހުރިހާ ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ފޮނިމީރުކަން ލިބިގެންދާނެއެވެ.


ބްލޮގް ޓާސްކް1 (ށ).5
އުނގެނުމާއި އުނގަންނައިދިނުމުގައި ޝައުގުވެރިކަން
 އުނގެނުމާއި އުނގަންނައި ދިނުމުގައި ޝައުގުވެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ޝައުގުވެރިކަމަކީ  އިންސާނާގެ ސްލޫކު އުތުރުވައި މިސްރާބުކުރުވައި ރައްކާތެރިކޮށްދޭ ހަށިގަނޑުގެ އެތެރޭގެ ޙާލަތެކެވެ. އެގޮތުން ޝައުގުވެރިކަމުގެ ދެ ގޮތެއްވެއެވެ. އެއީ އެތެރެއާއި ބޭރުގެ މޯޓިވޭޝަންއެވެ. މޯޓިވޭޝަންގެ ސަބަބުން އެކަމެއްކުރުމަށް ހަށިގަނޑަށް އިތުރު ހަކަތަލިބި، އެކަމެއްކުރާހިތުން ކުރެވޭގޮތް ވެއެވެ. އެހެންކަމުން ކުލާސްތެރޭގައި ކިޔަވައިދޭ އިރު ތިމާ ޝައުގުވެރިވެގެން ދަރިވަރުން ޝައުގުވެރިކޮށްގެން ކިޔަވައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.ބައެއް ފަހަރު ދަރިވަރުން ލިބިދާނެ އިނާމަކަށް ޝައުގުވެރިކަން ފާޅުކޮށްގެން ކިޔަވާއިރު، އަނެއް ބަޔަކު އެމީހުންގެ އަމިއްލަ ޒާތުގައި ވަކި ކަންތައްތަކެއް ކުރުމުގެ ޝައުގުވެރިކަން ހުރެއެވެ. މޯޓިވޭޝަންގައި އިންސާނާ ކަންކަމާމެދު ދެކޭގޮތް ނުވަތަ އޭނާގެ ޤަބޫލުކުރުންތަކާއި އޭނާއަށް ކަންކަން ނަގައިގަނެވޭ (ފަހުމްކުރެވޭގޮތް) ގޮތަކީވެސް ވަރަށް މުހިއްމު ފެކްޓަރތަކެކެވެ. އަދި ސްކޫލްތަކުގައި މޯޓިވޭޝަނަށް އަސަރުކުރުވާ އެންމެ މުހިއްމު ޤަބޫލުކުރުމަކީ ތިމާއަށްކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާކަން ނުވަތަ ނޫންކަމާމެދު ތިމާދެކޭގޮތެވެ. ކޮންމެ މީހަކަށްވެސް އުނގެނުމުންނާއި ފަރިތަކުރުންތަކުގެ ތެރެއިން އެމީހާގެ ޤާބިލުކަމަކީ ޝަހުސީ ސިފައެއްކަމުގައި ދަރިވަރު ދެކޭ ކަމުގައިވާނަމަ ނަފުސުގެ އަގު ހިފެހެއްޓުމުގެ ގޮތުން އަދި އަމިއްލަ ނަފްސު ފެއިލްވުންތަކުން ދުރުކޮށް ދިނުމަށްޓަކައި މަސައްކަތްކުރާނެއެވެ.
  އެހެންކަމުން ދަރިވަރުން ޝައުގުވެރިވާގޮތަށް ފިލާވަޅުތައް ރާވާލައިގެން ކުރިޔަށް ގެންދެވިއްޖެ ނަމަ ދަރިވަރުންނަށް ފޫހިކަމެއް ނެތި ފިލާވަޅުތަކުން ޙާޞިލްވަމުންދާ މިންވަރު އިތުރުވެގެންދާނެއެވެ. އޭރުން ހުރިހާ ދަރިވަރުންނަކީވެސް އުނގެނުމަށް ޝައުގުވެރިކަން ހުންނަ މުޖުތަމައުގައި ގަދަރުލިބިގެންވާ ކުއްޖަކަށް ވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ބްލޮގް ޓާސްކް1 (ށ).4
ކޮންސްޓްރަކްޓިވްޒަމްގެ ގޮތްތައް
މި ތިޔަރީގައި އުނގެނުން ބިނާވަނީ ދަރިވަރުން އުފެދިބޮޑުވާ މަރުހަލާ ގުޅޭގޮތުން ވިސްނާ ވިސްނުންތަކާއި ވަށައިގެންވާ މާހަޢުލުން ބަދަލުކުރެވޭ އިޖްތިމާޢީ ޙަރަކާތްތެރިކަން މެދުވެރިކޮށް އުނގެނޭ އުނގެނުމަށެވެ. މިހެންކަމުން ކުލާސްރޫމުގައި ދަރިވަރުންނަށް ކިޔަވައިދޭއިރުގައި އެކި މަރުޙަލާތަކުގައި ކުދިންގެ ވިސްނުން ތަފާތުވާނޭ ކަމަށް ބަލައިގެން ކިޔަވައިދިނުމުގެ ޙަރަކާތްތައް ގެންދަން ޖެހޭނެއެވެ. އަދި  އެކި މަރުހަލާތަކުގައި ކުދިންގެ ވިސްނުން ތަފާތުވާނެކަން މުދައްރިސުން ދަންނަންވާނެއެވެ. މިގޮތުން ސެންސަރީމޭޓޯ މަރުހަލާއި ޕްރީއޮޕަރޭޝަނަލް މަރުހަލާއާއި ކޮންކުރީޓް އޮޕަރޭޝަނަލް މަރުހަލާއާއި ފޯމަލް އޮޕަރޭޝަންލް މަރުހަލާ ހިމެނެއެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ކުއްޖާގެ ވިސްނުމަށާއި ސުލޫކަށް ބަދަލު އަތުވެދާނެކަމަށް މުދައްރިސް ވިސްނަވަންވާނެއެވެ. އެހެން ކަމުން މި ތިއަރީއަށް ވިސްނާ ބަލާއިރު ކުއްޖާގެ ޢުމުރާއި ވިސްނުމުގެ ޤާބިލްކަމަށް ބަލައިގެން ދަރިވަރުންނަށް މަސައްކަތް ހަވާލުކުރުމަށެވެ. މިގޮތުން ހިއްސުތައް ބޭނުންކުރުމާއި ބައްޓަމާއި ކުލައާއި ފިލްމުކުޅުން ފަދަ ޙަރަކާތް ތައް ދަރިވަރުންނަށް ދެވިދާނެއެވެ. އަދި  މިއާއެކު ކުދިންނަށް ޖަވާބުތައް ބުނެދިނުމުގެ ބަދަލުގައި ނުވަތަ ބަސްލައިދީގެން ފަހިކުރުމުގެ ބަދަލުގައި އަމިއްލަ ޖަވާބު ހޯދަން ފުރުޞަތުދެވިދާނެއެވެ. ހަމައެހެންމެ ދިވެހި ކިޔަވައިދޭއިރުގައްޔާއި އިސްލާމް ފިލާވަޅުތައް ކިޔަވައިދޭ އިރު ޚިޔާލީ ތަކެއްޗަށްވުރެ ދިރިއުޅުމުގައި ދިމާވާ ހަޤީޤީ ހާދިޘާތައް ފޯރުކޮށްދިނުން މުހިއްމުވެގެންދެއެވެ. އަދި އުނގެނުމަށް ކުދިންނަށް އުދަގޫވާކަމަށް ފާހަގަ ކުރެވޭނަމަ، ދަރިވަރުންނާ އެކަށީގެންވާ ލެވެލްއަކަށް ބަދަލުކޮށްގެން ފިލާވަޅުތައް ކުއްޖާއަށް ދޭހަކޮށްދީ ވިސްނާދިނުން ބުއްދިވެރިކަމަށް މި ތިޔަރީގެ ތިޔަރިސްޓްސް ހާމަކުރައްވައެވެ. އެހެންކަމުން މިބުނެވުނު ކަންތައްތަކަށް ސަމާލުކަން ދީގެން ކިޔަވައި ދެވިއްޖެނަމަ ދަރިވަރުންނަށް އޭގެ ފައިދާ އާއި މަންފާ ބޮޑުވެގެންދާނެއެވެ.