Saturday, May 11, 2013


ބްލޮގް ޓާސްކް1 (ށ).2
ކޮގްނެޓިވް ލާރނިންގ ތިއަރީ
މި ތިޔަރީއަކީ ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ހެދިބޮޑުވުމާއި ގުޅިފައިވާ ތިއަރީއެކެވެ. މީގެ ތެރެއިން ކުއްޖާގެ ސިކުނޑި ތަރައްޤީވުމާއި ހިއްސުތައް ތަރައްޤީކުރެވެއެވެ. އަދި މަޢުލޫމާތު ނަގައިގަތުމާއި ފޯރުކޮށްދިނުމާއި އެ މަޢުލޫމާތުތައް ބައިކުރުމާއި ދިގުމުއްދަތާއި ކުރުމުއްދަތަށް މަޢުލޫމާތު ރައްކައުކޮށްދިނުމާއި ބޭނުންވާ ޙާލަތްތަކުގައި އެމަޢުލޫމާތު ބޭނުންކުރުމުގެ އިންތިޒާމުގެ މައްޗަށް މިތިއަރީ ފޯކަސްކުރެވެއެވެ. އަދި ތިމާގެ މާހަޢުލުން ފެންނަކަންތަކާއި ކުރިން އެނގި ދަސްވެފައިވާ އެއްޗެއް މައްޗަށް އަލަން ދެނެގަނެވޭ އެއްޗަކާ ވަރަށް ބޮޑަށް ގުޅުވާލާކަމަށް ތިއަރިސްޓުން ހާމަކުރެއެވެ. މިތިއަރީގެ އަލީގައި ކިޔަވާދިނުމުގައި ހިއްސުތަކާއި މާހައުލު ބޭނުން ކުރެވޭގޮތަށް ފިލާވަޅުތައް ބައްޓަން ކުރުން ވަރަށް މުހިއްމެވެ. އަދި ވަރކިންގ މެމޮރީގައި މަޢުލޫމާތު ތަކުރާރުވަމުން ދިޔުމާއި މި މަޢުލޫމާތުތައް އެހެނިހެން ހިއްސުތަކާ ގުޅުވައި އަމިއްލަ ދޭހަކުރުމަށް ފުރުޞަތުދިނުމާއި ބައިކުރުމާއި ގުރޫޕްކުރުން ފަދަ ކިޔަވައިދިނުމާ ގުޅުންހުރި ހަރަކާތްތެއް ހިނގަން ޖެހޭނެއެވެ. އަދި ފިލާވަޅުގެ ތެރޭގައި  އޮގައިޒޭޝަންއާއި އިލެބްރޭޝަން އަދި އެކްޓިވިޓީ ފަދަ އުނގެމަށްފަހި ހަރަކާތްތައް ހިމެނުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ނަމަވެސް ކުއްޖާއަށް ކުރިން ލިބިފައިވާ މަޢުލޫމާތު ރިކޯލުކުރުމަށާއި ޝަޢުޤުވެރިކަމާއި އެޓެންޝަން އަދި އަރަތާއި ޕަޒުލު ފަދަ ވިސްނުމާއި މަޢުލޫމާތު ކޭޓަރ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބޭގޮތަށް އުނގަންނައިދިނުން ބައްޓަންކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ވުމާއެކު ކިޔަވައިދެއްވާއިރު ކުއްޖާއަށް އުނގެނުމަށްފަހި މާހައުލެއް ޤާއިމްކޮށްދީ ފަރުދީގޮތުން ބައިވެރިވެވޭގޮތަށް ފިލާވަޅުތައް ބައްޓަންކޮށް ހުށައަޅައިދިނުމަށް މުދައްރިސުން ވިސްނަންޖެހެއެވެ. 

No comments:

Post a Comment