Saturday, May 11, 2013


ބްލޮގް ޓާސްކް1 (ށ).4
ކޮންސްޓްރަކްޓިވްޒަމްގެ ގޮތްތައް
މި ތިޔަރީގައި އުނގެނުން ބިނާވަނީ ދަރިވަރުން އުފެދިބޮޑުވާ މަރުހަލާ ގުޅޭގޮތުން ވިސްނާ ވިސްނުންތަކާއި ވަށައިގެންވާ މާހަޢުލުން ބަދަލުކުރެވޭ އިޖްތިމާޢީ ޙަރަކާތްތެރިކަން މެދުވެރިކޮށް އުނގެނޭ އުނގެނުމަށެވެ. މިހެންކަމުން ކުލާސްރޫމުގައި ދަރިވަރުންނަށް ކިޔަވައިދޭއިރުގައި އެކި މަރުޙަލާތަކުގައި ކުދިންގެ ވިސްނުން ތަފާތުވާނޭ ކަމަށް ބަލައިގެން ކިޔަވައިދިނުމުގެ ޙަރަކާތްތައް ގެންދަން ޖެހޭނެއެވެ. އަދި  އެކި މަރުހަލާތަކުގައި ކުދިންގެ ވިސްނުން ތަފާތުވާނެކަން މުދައްރިސުން ދަންނަންވާނެއެވެ. މިގޮތުން ސެންސަރީމޭޓޯ މަރުހަލާއި ޕްރީއޮޕަރޭޝަނަލް މަރުހަލާއާއި ކޮންކުރީޓް އޮޕަރޭޝަނަލް މަރުހަލާއާއި ފޯމަލް އޮޕަރޭޝަންލް މަރުހަލާ ހިމެނެއެވެ. މިއިން ކޮންމެ މަރުހަލާއެއްގައި ކުއްޖާގެ ވިސްނުމަށާއި ސުލޫކަށް ބަދަލު އަތުވެދާނެކަމަށް މުދައްރިސް ވިސްނަވަންވާނެއެވެ. އެހެން ކަމުން މި ތިއަރީއަށް ވިސްނާ ބަލާއިރު ކުއްޖާގެ ޢުމުރާއި ވިސްނުމުގެ ޤާބިލްކަމަށް ބަލައިގެން ދަރިވަރުންނަށް މަސައްކަތް ހަވާލުކުރުމަށެވެ. މިގޮތުން ހިއްސުތައް ބޭނުންކުރުމާއި ބައްޓަމާއި ކުލައާއި ފިލްމުކުޅުން ފަދަ ޙަރަކާތް ތައް ދަރިވަރުންނަށް ދެވިދާނެއެވެ. އަދި  މިއާއެކު ކުދިންނަށް ޖަވާބުތައް ބުނެދިނުމުގެ ބަދަލުގައި ނުވަތަ ބަސްލައިދީގެން ފަހިކުރުމުގެ ބަދަލުގައި އަމިއްލަ ޖަވާބު ހޯދަން ފުރުޞަތުދެވިދާނެއެވެ. ހަމައެހެންމެ ދިވެހި ކިޔަވައިދޭއިރުގައްޔާއި އިސްލާމް ފިލާވަޅުތައް ކިޔަވައިދޭ އިރު ޚިޔާލީ ތަކެއްޗަށްވުރެ ދިރިއުޅުމުގައި ދިމާވާ ހަޤީޤީ ހާދިޘާތައް ފޯރުކޮށްދިނުން މުހިއްމުވެގެންދެއެވެ. އަދި އުނގެނުމަށް ކުދިންނަށް އުދަގޫވާކަމަށް ފާހަގަ ކުރެވޭނަމަ، ދަރިވަރުންނާ އެކަށީގެންވާ ލެވެލްއަކަށް ބަދަލުކޮށްގެން ފިލާވަޅުތައް ކުއްޖާއަށް ދޭހަކޮށްދީ ވިސްނާދިނުން ބުއްދިވެރިކަމަށް މި ތިޔަރީގެ ތިޔަރިސްޓްސް ހާމަކުރައްވައެވެ. އެހެންކަމުން މިބުނެވުނު ކަންތައްތަކަށް ސަމާލުކަން ދީގެން ކިޔަވައި ދެވިއްޖެނަމަ ދަރިވަރުންނަށް އޭގެ ފައިދާ އާއި މަންފާ ބޮޑުވެގެންދާނެއެވެ.


No comments:

Post a Comment