Saturday, May 11, 2013


ބްލޮގް ޓާސްކް1 (ށ).3
ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތައް
ދަރިވަރުންނަކީ އުނގެނުމުގައި އެއްކުއްޖަކު އަނެއްކުއްޖަކާ ތަފާތުތަކެއް ހުންނަ ކުއްޖެކެވެ. އެހެންކަމުން އުނގަންނައިދޭ ފަރާތްތަކުން މި ތަފާތުތަކަށް ވިސްނައިގެން ކިޔަވަދިނުމަކީ މުހިއްމުކަމެކެވެ. އަދި ކުލާސްތަކުގައި މުދައްރިސްގެ ޚާއްޞަ އެހީއާއި ސަމާލުކަން ބޭނުންވާނޭ ދަރިވަރުން ތިބޭނެކަން ޔަޤީނެވެ. އެހެން ކަމުން މި ކަމަށް ވިސްނައިގެން ފިލާވަޅުތައް ރާވާލަން ޖެހެއެވެ. ކުލާސް ރޫމުތަކުގައި ޚާއްޞައެހީއަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި،އުނގެނުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިތިބޭ ދަރިވަރުންނާއި،އުނގެނުމުގައި މައްސަލަތައް ދިމާވެފައިވާ ދަރިވަރުންނާއި،ބަހާއި ވާހަކަ ދެއްކުމުގައި ދތިތައް ދިމާވެފައިވާ ކުދިންނާއި، ވިސްނުމުގެ ކުޅަދާނަކަން ހުރިކުދިންނާއި ދަށް ކުދިންވެސް އުޅޭނެއެވެ. އެހެންކަމުން މުދައްރިސް ވާން ޖެހޭނީ ފަރުދީ ތަފާތުތައް ދަންނަ ހުރިހާ ކުދިންނަށްވެސް ހަމަކަން ޤާއމިކުރެވޭފަދަ މުދައްރިސަކަށެވެ. އޭރުން ދަރިވަރުންގެ މެދުގައި ހަމަހަމަކަމާއި، ކާމިޔާބު ކަމާއެކު ފިލާވަޅުތައް ކުރިޔަށް ގެންދެވޭނެއެވެ. އެހެންކަމުން ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތަކަކީ އެނގުން ވަރަށް މުހިއްމު އެއްޗެކެވެ.

No comments:

Post a Comment