Saturday, May 11, 2013


ބްލޮގް ޓާސްކް1 (ށ).1
ބިހޭވިޔަރަލް ލަރނިންގ ތިޔަރީ
ބިހޭވިއަރަލް ލާރނިންގ ތިޔަރީގައި އަކީ ކުރެވޭ ތަޖްރިބާއަކުން ނުވަތަ ދަސްކޮށްދޭ ނުވަތަ އުނގޭ އަދި އުގަންނައިދޭ އެއްޗަކުން އެމީހާގެ އުޅުމަށް ނުވަތަ ސުލޫކަށް އަންނަ ފެންނަން ހުންނަ ބަދަލަށެވެ. މިއީ އިންސާނާގެ އުޅުމަށް އަންނަ ފިޒިކަލް ރިއެކްޝަންތަކާ ގުޅިވާލައިގެން ސްޓިމިއުލަސް އަކަށް ދެވޭ ރެންޕޮންސެވެ. މި އަންނަ ތަބީޢީ ބަދަލު ގެނައުމުގައި ތިމާގެ މާހަޢުލުން ފެންނަކަންތައް ވަރަށް ބޮޑަށް ގުޅުވާލައެވެ. މިގޮތުން ކުލާހުގައި އޮޅުންފިލުވައިދޭ އެއްޗަކުންނާއި އެނގޭ އެއްޗަކުން އުޅުމަށް އަންނަ ފެންނަން ހުންނަ ބަދަލުތަކަކީ ބިހޭވިޔަރަލް ލަރނިންގ ކަމުގައި ތިއަރިސްޓުން ހާމަކުރައްވައެވެ. އެހެން ކަމުން މިތިޔަރީއަށް ވިސްނާއިރު ދަރިވަރުންނަށް ކުލާސް ރޫމުގައި ކިޔަވައިދިން އެއްޗެއްގެ ބޭނުން ހިފައިގެން އަމަލީ މައިދާނުގައި އޭނާގެ އުޅުމުން ކިޔަވައިދިން އެއްޗެއްގެ ބޭނުން ކުރަން ޖެހެއެވެ. ލިބިފައިވާ މަޢުލޫމާތުގެ އެހީގައި އަޚުލާޤު ރަނގަޅު ދަރިވަރެއްކަން އުޅުމުން ދައްކައިދޭން ޖެހެއެވެ. އެގޮތުން އުނގެނުމުގެ ނަތީޖާއީ މީހާގެ ވިސްނުމާއި ނިޔަތާއި ސިކުނޑީގެ ތެރެއިން މާނަކޮށްދޭ ކަމެއް ނޫންކަމާއި، އެއީ މީހާގެ ސުލޫކަށް އަންނަ ބަދަލެއްގެ ބަދަލުގެ ނަތީޖާކަމަށް ތިއަރިސްޓުން ހާމަކުރައްވައެވެ. އެހެންކަމުން ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލަކީ މާނަހުރި ހެޔޮ ބަދަލަކަށް ހެދުމަށްޓަކައި ކުއްޖާގެ ވެއްޓާއި އުނގަންނައިދޭ ފަރާތް ވަރަށް ބޮޑު ޒިންމާއެއް އުފުލަންޖެހޭނެއެވެ. 

No comments:

Post a Comment