Saturday, May 11, 2013


ބްލޮގް ޓާސްކް1 (ށ).5
އުނގެނުމާއި އުނގަންނައިދިނުމުގައި ޝައުގުވެރިކަން
 އުނގެނުމާއި އުނގަންނައި ދިނުމުގައި ޝައުގުވެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ޝައުގުވެރިކަމަކީ  އިންސާނާގެ ސްލޫކު އުތުރުވައި މިސްރާބުކުރުވައި ރައްކާތެރިކޮށްދޭ ހަށިގަނޑުގެ އެތެރޭގެ ޙާލަތެކެވެ. އެގޮތުން ޝައުގުވެރިކަމުގެ ދެ ގޮތެއްވެއެވެ. އެއީ އެތެރެއާއި ބޭރުގެ މޯޓިވޭޝަންއެވެ. މޯޓިވޭޝަންގެ ސަބަބުން އެކަމެއްކުރުމަށް ހަށިގަނޑަށް އިތުރު ހަކަތަލިބި، އެކަމެއްކުރާހިތުން ކުރެވޭގޮތް ވެއެވެ. އެހެންކަމުން ކުލާސްތެރޭގައި ކިޔަވައިދޭ އިރު ތިމާ ޝައުގުވެރިވެގެން ދަރިވަރުން ޝައުގުވެރިކޮށްގެން ކިޔަވައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.ބައެއް ފަހަރު ދަރިވަރުން ލިބިދާނެ އިނާމަކަށް ޝައުގުވެރިކަން ފާޅުކޮށްގެން ކިޔަވާއިރު، އަނެއް ބަޔަކު އެމީހުންގެ އަމިއްލަ ޒާތުގައި ވަކި ކަންތައްތަކެއް ކުރުމުގެ ޝައުގުވެރިކަން ހުރެއެވެ. މޯޓިވޭޝަންގައި އިންސާނާ ކަންކަމާމެދު ދެކޭގޮތް ނުވަތަ އޭނާގެ ޤަބޫލުކުރުންތަކާއި އޭނާއަށް ކަންކަން ނަގައިގަނެވޭ (ފަހުމްކުރެވޭގޮތް) ގޮތަކީވެސް ވަރަށް މުހިއްމު ފެކްޓަރތަކެކެވެ. އަދި ސްކޫލްތަކުގައި މޯޓިވޭޝަނަށް އަސަރުކުރުވާ އެންމެ މުހިއްމު ޤަބޫލުކުރުމަކީ ތިމާއަށްކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާކަން ނުވަތަ ނޫންކަމާމެދު ތިމާދެކޭގޮތެވެ. ކޮންމެ މީހަކަށްވެސް އުނގެނުމުންނާއި ފަރިތަކުރުންތަކުގެ ތެރެއިން އެމީހާގެ ޤާބިލުކަމަކީ ޝަހުސީ ސިފައެއްކަމުގައި ދަރިވަރު ދެކޭ ކަމުގައިވާނަމަ ނަފުސުގެ އަގު ހިފެހެއްޓުމުގެ ގޮތުން އަދި އަމިއްލަ ނަފްސު ފެއިލްވުންތަކުން ދުރުކޮށް ދިނުމަށްޓަކައި މަސައްކަތްކުރާނެއެވެ.
  އެހެންކަމުން ދަރިވަރުން ޝައުގުވެރިވާގޮތަށް ފިލާވަޅުތައް ރާވާލައިގެން ކުރިޔަށް ގެންދެވިއްޖެ ނަމަ ދަރިވަރުންނަށް ފޫހިކަމެއް ނެތި ފިލާވަޅުތަކުން ޙާޞިލްވަމުންދާ މިންވަރު އިތުރުވެގެންދާނެއެވެ. އޭރުން ހުރިހާ ދަރިވަރުންނަކީވެސް އުނގެނުމަށް ޝައުގުވެރިކަން ހުންނަ މުޖުތަމައުގައި ގަދަރުލިބިގެންވާ ކުއްޖަކަށް ވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

No comments:

Post a Comment