Saturday, May 11, 2013


ބްލޮގް ޓާސްކް1 (ށ).9
އުނގެނުމާއި އުގަންނައިދިނުން އަދި ތަޢުލީމު
އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދައުރަކީ ކްލާސްރޫމުގެ ހަރަކާތްތަކާއި މަދަރުސާގެ މާހައުލު ބޭނުންކުރުން ނުވަތަ ދިރާސާކުރުމެވެ. މިގޮތަށް ދިރާސާތައް ކޮށްގެން ދަރިވަރުންގެ އެކިއެކި ޙަރަކާތްތައް ދެނެގަނެ އުނގެނުމަށް މަގުފަހިކޮށްދެއެވެ. އެގޮތުން އެޑިޔުކޭޝަނަލް ސައިކޮލޮޖީއަކީ ޚާއްޞަ ސިފަތަކެއް ލިބިފައިވާ، އެޢިލްމުގެ ނަޒަރިއްޔާތަކާއި ދިރާސާކުރާގޮތްތަކާއި، މައްސަލަތަކާއި، މައްސަލަތައް ދެނެގަނެ ހައްލުކުރާނެ ގޮތްތައް ކަނޑައެޅިފައިވާ ޢިލްމެވެ. ކިޔަވައިދިނުމުގައި ހިމެނޭ ތިޔަރީގެ ބައިތަކުން ފަސޭހައިން މޮނިޓަރ ކުރެވޭ ބަޔަކީ ދަރިވަރުގެ ސްލޫކެވެ. ސްލޫކީ މައްސަލައެއް ދިމާވުމުގެ ކުރިންނާއި ފަހުން ދެކަމެއް ދިމާވެއެވެ. އެއީ މައްސަލަ ދިމާވާން މެދުވެރިވި ސަބަބާއި، މައްސަލައިގެ ސަބަބުން ކުރިމަތިލާންޖެހޭ ނަތީޖާއެވެ. މިގުޅުން ދިރާސާކުރާއިރު ސަމާލުވާން ޖެހެނީ ކުރިމަތިލާ ނަތީޖާއަށެވެ. އެއީ އެފަދަ ކަމެއް ތަކުރާރުވުން އޮންނަނީ އެޅޭ ފިޅަވަޅުގެ މައްޗަށެވެ. މިތިޔަރީގައި ވިސްނުން ތަރައްގީވަމުން އަންނަގޮތް ދިރާސާކުރާއިރު ދަރިވަރުންގެ ސަމާލުކަން އަންނަގޮތާއި ކަމެއް ހަނދާނުގައި ބަހައްޓާގޮތް އެނގޭ އެއްޗެއްގެ ބޭނުންހިފާގޮތް، އަދި ހަނދާން ނެތޭގޮތުގެ މައްޗަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. އެހެންކަމުން މިކަންކަމަކީ ދަރިވަރުންގެ ކިޔެވުމުގައި އެޕްލައި ކުރެވިދާނެ ކަންކަމެވެ. އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުން ހިފިދާނެ ގޮތްތަކެކެވެ.

No comments:

Post a Comment