Saturday, May 11, 2013


ބްލޮގް ޓާސްކް1 (ށ).10
އެސެސްމަންޓް
 އެސެސްމަންޓަކީ ދަރިވަރުން އުނގެނޭ އެއްޗެއް ދަރިވަރުންނަށް އެނގިފައިވަނީ ކިހާވަރަކަށްތޯ ބެލުމުގެ ގޮތުން ދެވޭ އެއްޗެކެވެ.  ކުރީގައި ކޮލެޖުތަކުގެ ޓެސްޓުތައް ނެގެމުންގޮސްފައިވަނީ އިންޓަވިއު ކޮށްގެންނާއި މަޒުމޫނާއި ގުރޭޑުދިނުންފަދަ ގޮތްތައް ބޭނުންކޮށްގެންނެވެ. ނަމަވެސް މިހާރުދެވޭ ޕަބުލިކް (ސްޓެންޑައިޒް ޓެސްޓު) ޓެސްޓުތަކަކީ ވަކި ސްޓޭންޑަޑަކަށް ނުވަތަ ގްރޭޑުދީގެން ނެގޭ ވަކި އުސޫލުތަކެއްގެ މަތިން ނެގޭ ޓެސްޓުތަކެކެވެ. މީގެ އިތުރުން ކުލާސްރޫމް އެސެސްމަންޓަކީ ޓީޗަރު ވަކިގޮތަކަށްދޭ ޓެސްޓުތަކެކެވެ. މިގޮތަށް ދަރިވަރުންނަށް ޓެސްޓް ދިނުމުން ދަރިވަރުންނަށާއި ބެލެނިވެރިންނަށްވެސް އެކަމުގެ ފަސޭހަތައް ވެގެން ދެއެވެ. އަދި ފިލާވަޅުގެ ތެރެއިން ދަރިވަރަށް އެނގިފައިވަނީ ކިހާ މިންވަރަކަށްކަންވެސް ހާމަވެއެވެ. އަދި ފިލާވަޅުގެ ތެރެއިން ދަރިވަރުން އިތުރަށް ސަމާލުކަން ދޭން ޖެހެނީ ކޮންކޮން ބައިތަކަކުންކަންވެސް ދެނެގަތުމުގައި ފަސޭހަވެގެންދެއެވެ. އެގޮތުން ކުދީން އެސެސްކުރުމުގެ ބޭނުންތަކުގެ ތެރޭގައި ކުދީންގެ ފެންވަރުބެލުމާއި ކުދީންނަށް ކަމުދަނީ ކޮންކަހަލަ ޓީޗިންގއެއްތޯ ބެލުން ހިމެނެއެވެ. އެގޮތުން މެޝަމަންޓަކީ ކްއަންޓިޓޭޓިވް އުސޫލުން ނަންބަރު ބޭނުންކޮށްގެން މިންވަރު ބެލުމެވެ. މެޝަމަންޓު ބޭނުންކޮށްގެން ކުއްޖާގެ ކުރިއެރުމާއި އެއްކުއްޖަކު އަނެއްކުއްޖަކާ ހުރި ތަފާތު ބެލިދާނެއެވެ.  މިގޮތަށް ކުރެވޭ މަސައްކަތަށް މިހާރު އެސެސްމަންޓޭ ކިޔައެވެ. އެހެންކަމުން އެސެސަސްމަންޓަކީ މެޝަކުރުމާއި ޓެސްޓުކުރުމަށްވުރެ ފުޅާކޮށް ބޭނުންކުރެވޭ ލަފުޒެއް. ދަރިވަރުންގެ ފެންވަރު ބެލުމުގެ ގޮތުން ކިޔަވައިދޭ އިރު ނުވަތަ ކިޔަވަދިނުމުގެ ކުރިން އެނގޭ މިންވަރު ބެލުމަކީވެސް އެސެސްމަންޓްގެ ވައްތަރެކެވެ. އަދި ކިޔަވައި ދިނުމަށްފަހު (ޓާރމެއް، އަހަރެއް) ނިމޭ އިރުގައިވެސް ދަރިވަރުން އެސެސް ކުރެވެއެވެ. މީގެއިތުރުން އެސެސްމަންޓްގެ ސަބަބުން ދަރިވަރުންނަށާއި ޓީޗަރުންނަށް ކުރިއަށް އޮތްތާނގައި ކަންކުރާނެގޮތުގެ މަޢުލޫމާތު ލިބޭތީ ކުލާހުގައި ދޭން ރަނގަޅީ ފޯމެޓިވް އެސެސްމަންޓެވެ. ދަރިވަރުންގެ ފެންވަރު އެހެންކުދިންގެ ފެންވަރާ އަޅާކިޔުމުގެ ގޮތުން ކުއްޖާގެ މާކްސް އެހެން ކުދީންގެ މާކުހާ އަޅާކިޔިދާނެއެވެ. ނުވަތަ  ކުދީންގެ އެވްރެޖް މާކުހާއި ކުއްޖާގެ މާކުހާ އަޅައިކިޔައިގެންވެސް ފެންވަރު ބެލިދާނެއެވެ. މިގޮތަށް ބެލުމުން ކުދީންގެ ޙަޤީޤީ ފެންވަރެއް ނޭނގި ހިނގައިދާނެއެވެ. އެހެންކަމުން ދަރިވަރުންގެ ފެންވަރު ބެލުމުގެ ގޮތުން އެސެސްކުރުމަކީ އެކި ގޮތްގޮތުން ކިޔަވާކުދިންނަށް ފައިދާ ކުރާނެ ކަމެއްކަން ކަށަވަރެވެ.

No comments:

Post a Comment